ދެ ޤާނޫނެއް ތަންފީޛުކުރުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްފި
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛު ކުރުމާއި ގުޅޭ ގޮތުން އިދާރާތަކާއިއިއެކު ޕޮލިސީ ލެވެލްގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ މަތިން މިއަދު ބޭއްވުނު މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. އޭޖީ އޮފީހުން ބުނީ މި މަޝްވަރާ ބައްދަލުވުމަަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި، އެ ޤާނޫނުތަކުގެ ދަށުން ދައ...