ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް ޚާއްޞަ ފިޔަވަޅެއް
ހއ. ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް އެ ރަށުގެ ކައުންސިލުން ޚާއްޞަ ފިޔަޅެއް އަޅައިފިއެވެ. މިގޮތުން އެ ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން އެރަށުގެ ކުޅިއާއި، ކުޅިއާއި ގުޅިފައިވާ ފާ އަދި ފެންގަނޑުތަކުން މަސް ހިފުން މަނާ ކޮށްފައެވެ. ތަކަންދޫ ކައުންސިލްގެ މި ނިންމުމާއި ގުޅިގެން ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް ޢާއިޝަތު އާޞިފާ “ތިލަދުން” އަަށް ވިދާޅުވީ އެ ނިންމުމަކީ އެރަށުގެ ކުޅީގެ ދިރުންތައް އާލާ ކުރުމަށް ފުރުޞަތު ހޯދުމަށް ނިންނި ނިންމުމެއް ކަމަށެވެ. […]