ރަށު ތެރޭ ކޯވިޑް ފެތުރިފައި ވޭތޯ ބެލުމަށް ކޭއާރުއެޗްއިން ރެންޑަމް ސާމްޕަލް ނަގަނީ
ކޯވިޑް-19 ރަށު ތެރޭގައި ފެތުރިފައި ވޭތޯ ބެލުމުގެ ގޮތުން މިއަދު ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނެގުން ކުރިޔަށް ދާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. މިގޮތުން މިއަދުގެ މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށް ރެންޑަމް ސާމްޕަލް ނެގުން އެރަށުގައި ކުރިޔަށް ދާނެ ކަމަށް ކޭއާރުއެޗް އިން ވަނީ ބުނެފައެވެ. މިއަދު ޖުމްލަ 86 ރެންޑަމް ސާމްޕަލްއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ހާމަ ކޮށްފައެވެ. “ކޯވިޑް-19 ރަށުގައި […]