ސީއެސްސީގެ ރައީސްއަށް ނާސިހު، ނައިބް ރައީސްއަށް ރަޝީދު
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު ނާސިހު އަދި ނައިބް ރައީސްކަމަށް އިބްރާހިމް ރަޝީދު އައްޔަން ކުރައްވައިފި އެވެ. ސީއެސްސީގެ ރައީސް އާއި ނައިބް ރައީސްކަމަށް އައްޔަން ކުރުމަށް ވޯޓަށް އައްސަވާފައިވަނީ ރައްޔިތުން މަޖިލީހުގައި މިއަދު މެންދުރުފަހު 02:00 ގައި ބޭއްވުނު މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާގައި ނެގުނު ވޯޓުން ނެވެ. މިދެބޭފުޅުންގެ ނަން މަޖިލީހަށް ހުށައަޅުއްވައި ދެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން […]