މަސްވެރިކަން ބޭރު ދުނިޔޭގައި އިސްތިހާރު ނުކުރެވެންވީ ކީއްވެ؟
ރާއްޖޭގެ މަސްވެރިކަން ބޭރު ދުނިޔޭގައި އިސްތިހާރު ނުކުރެވެންވީ ކީއްވެ ހެއްޔެވެ. ދިވެހި މަސްވެރިކަން ވެސް، ބިލިއަން ޑޮލަރަށް އަރުވަން މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ. ފަތުރުވެރިކަން އިސްތިހާރު ކުރާ މިންވަރާ ގާތަށް ނަމަވެސް މަސްވެރިކަން އިސްތިހާރު ނުކުރަނީ ކީއްވެ ހެއްޔެވެ. ކޯވިޑް-19އާ އެކު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އެތައް ބިލިއަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓްރީ މި އޮތީ އެކީހެން ހުއްޓިފަ އެވެ. މިއިންޑަސްޓްރީ އަލުން ކޮޅަށް ޖެހޭނެ ދުވަހެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް މަސްވެރިކަން އޭގެ ނިސް...