ކޭއާރުއެޗް ބޮޑުކުރުމުގެ 18 ޕަސެންޓު މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 18 ޕަސެންޓު މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ. އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، ފުރަތަމަ ފަންގިފިލާގެ ލިފްޓުގެ ފާރު ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއި 17 ގައެވެ. މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 30.3 މިލިއަން ރުފި...