ގެސްޓްހައުސްތައް ހުޅުވަނީ – އަހަރުމެން ތައްޔާރުތަ؟
ކޮވިޑުގެ ސަބަބުން އިގްތިސާދީ ގޮތުން ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އަދި ލިބެމުންދާ އެއް ގައުމަކަށް ދިވެހިރާއްޖެ ވަނީ ވެފަ އެވެ. އެއީ އެންމެ ސަބަބަކާ ހުރެ އެވެ؛ ޓޫރިސްޓުން އައުން ހުއްޓުމުންނެވެ. ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ނާރެވެ. ޓޫރިޒަމް ބަރޯސާވެފައި އޮތީ މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގެ މައްޗަށެވެ. ގުޅިފައި ވަނީ، ވަޒަންވެރިވެގެން، ދިރިއުޅޭ ތަން ވަގުތީ ގޮތުން ދޫކޮށް އެހެން ތަނެއް ބަލާލަން، ހިތްހަމަޖައްސާލަން ކުރާ ދަތުރަކާ […]