ރިޒޯޓުތަކުގައި މުޒާހަރާ ކުރެވޭނެ ގޮތަށް އަލުން ޤާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފި
ރިޒޯޓުތަކުގައި މުޒާހަރާ ކުރެވޭނެ ގޮތަށް އަލުން ޤާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިން ފާސްކޮށްފިކަމަށް އެކޮމިޓީގެ ނައިބު މުގައްރިރުކަންވެސް ކުރައްވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަ ވިދާޅު ވެއްޖެ އެވެ. ރިސޯޓެއްގައި އީސަ މުޒާހަރާ ކުރައްވާ ފޮޓޯއެއް ހިއްސާކުރަމުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ސްޓާފުން އުޅުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އިހުތިޖާޖުކޮށް، މުވައްޒަފުންގެ...