ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އުރްދުޣާން ގޮވާލައްވައިފި
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ފްރާންސްއިން އުފައްދާ އެންމެހާ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. އުރުދުޣާން މި ކަމަށް ގޮވާލައްވާފައިވަނީ، ފްރާންސްގައި މުސްލިމުންނަށް ކުރަމުން އަންނަ ފުރައްސާރަ އިތުރުވެ، އެ ޤައުމުގެ ސަރުކާރުންވެސް މި ކަމަށް އެއްބާރުލުން ދެމުން އަންނާތީއެވެ. “ފްރާންސް އިން ބުނި ގޮތަށް “ތުރުކީގެ އުފެއްދުންތައް ނުގަންނާތި” ހަމަމިއާއި ވިއްދާފައި އަހަރެން އަހަރެންގެ ޤައުމުގެ ރައްޔިތުންނަށް މި ގޮވާލަނީ ފްރާންސްގެ އުފެއް...