ވަކިކުރަން އެޖެންޑާކޮށްފައި ވަނިކޮށް، ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފި
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުން ޒީނާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ޒީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ސިޓީފުޅެއް ފޮނުއްވާފައެވެ. ޒީނާ މަޤާމުން އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާގެ މައްސަލަ ކޮމިޓީން ބަލައި މަޤާމުން ވަކިކުރަން ތަޅުމަށް ފޮނުވާފައިވަނީ އިންސާފުންކަމަށް ޤަބޫލުނުކުރައްވާކަމަށާއި އަދި އޭނާ...