ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ޚިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުކޮށްފި
މާލޭ ސިޓީގެ ފިހާރަތަކާއި ރެސްޓޯރެންޓްތަށް ހުޅުވައި އެތަންތަނުން ދެމުންއަންނަ ޚިދުމަތް ފޯރުކޮށްދެވޭނޭ ވަގުތު އިތުރުކޮށްފިއެވެ. ކޯވިޑް-19 ގެ ސަބަބުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭއިން ލުއިދީފައިވާއިރު، ފިރާހަރަތަށް ހުޅުވައި ޚިދުމަތްދޭ ވަގުތުވެސް މި ވަނީ އިތިރުކޮށްފައެވެ. މި ލުޔާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މިއަދު ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ މާލޭ ސިޓީގެ ފިހާރަތައް 08 ނޮވެމްބަރ 2020 އިން ފެށިގެން ފަތިހު 5:00 އން ރޭގަނޑު 11:00 އަށް ޚިދުމަތް ދެވޭނެކަމަށެވ...