ފްލޮޓިލާގެ އެކްޓިވިސްޓުން އަތްފައި ބަނދެ ކުޑަކަކޫ މަތީ ބައިތިއްބުމަށްފަހު އިޒްރާއީލުން މަލާމާތްކޮށްފި
ގާޒާގެ ބަންދު އުވާލުމަށް ދަތުރުކުރި ފްލޮޓިލާގެ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް، އެމީހުންގެ އަތްފައި ބަނދެ ބިންމަތީގައި ބައިތިއްބާފައި ތިއްބާ މަލާމާތްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގަވީރު އާންމުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑު ނުރުހުމެއް އިސްރާއީލަށް އަމާޒުވެއްޖެއެވެ. ބެން ގަވީރު އެކްސްގައި ހިއްސާކުރި މި ވީޑިއޯއިން ފެންނަނީ ގާޒާއަށް އެހީ ހިފައިގެން ދަތުރުކުރި އުޅަނދުތައް ހުއްޓުވައި، އަޝްދޫދު ބަނދަރުގައި...