އުރީދޫގެ ޑިވައިސްތައް އިންސްޓޯލްމަންޓަށް ނެގޭ ގޮތް ހެދުން: ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް
އުރީދޫ މޯލްޑިވްސް އިން ލިބެން ހުންނަ މޯބައިލް ފޯނު އަދި އެކްސެސަރީ، އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން ފައިނޭންސިންގް ފެސިލިޓީ މެދުވެރިކޮށް އިންސްޓޯލްމެންޓަށް ނެގޭގޮތަށް ހަމަޖައްސައިދިނުމަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބިގެން ދިޔަ އުފާވެރި ޚަބަރެކެވެ. އަދި ލުއި ފަސޭހަ ކަމެކެވެ. މިގޮތުން ނޮވެމްބަރު 26 ވަނަ ދުވަހު އެމްއައިބީން ވަނީ އުރީދޫ މޯލްޑިވްސްއަކީ އެ ބޭންކުގެ ”އުޖާލާ ދިރިއުޅުން ފައިނޭންސިންގް ފެސިލިޓީ”ގެ ބައިވެރިއެއްކަން ޢިއުލާނު ކޮށްފައެވެ. އަދި އެ ބޭންކުގެ އުޖާލާ ދިރި...