"އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2020" ފަށައިފި
ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. 20 ޑިސެމްބަރ 2020 ވީ އާދީއްތަ ދުވަހު މި މުބާރާތް އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ނޮޅިވަރަމް ޒުވާނުންނެގެ ގުޅުމާއި އިހަވަންދޫ ކުޅިމަގު ޓީމެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ކުޅިމަގު ޓީމުންނެވެ. […...