މި ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެ، ވަޒީރަށް ނުވާނަމަ ބަދަލުކޮށްގެން ވެސް ހައްލު ހޯދާނެ: ނިހާދު
މި ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެ ކަމަށާއި، މަސްވެރިކަމުގެ ވުޒާރާ ހިންގަވަން ހުންނެވި ވަޒީރު، ޒަހާ ވަހީދަށް މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުކުރެވޭނަމަ، ވަޒީރު ބަދަލުކޮށްގެން ވެސް ހައްލު ހޯއްދަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. ނިހާދު މިހެން ވިދާޅުވީ، ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި އިއްޔެ އިހުތިޖާޖު ކޮށްފައިވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ. ނިހާދުގެ މި ޓުވ...