ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ
ވ. ތިނަދޫގައި ބަނދަރުގައި އޮތް ލޯންޗެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، ލޯންޗު އަޑިއަށްގޮސް، މީހަކު ފިހިއްޖެ އެވެ. ފުލުހުން ވިދާޅުވީ، ތިނަދޫގައި ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ، މިއަދު ހެނދުނު 7:49 ހާއިރު ކަމަށެވެ. ލޯންޗްގައި ރޯވީ، ލޯންޗް އިސްޓާޓްކުރި ވަގުތު ބެޓަރީގައި ރޯވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. “މި ހާދިސާ ހިނގިއިރު ލޯންޗްގައި ހުރި މީހެއްގެ ފައި ފިހިފައިވޭ، މިހާދިސާގައި އަލިފާން […]