ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކޮށްފި
އެމެރިކާގެ ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކަށް ހިތްވަރު ދެއްވައި، ހަމަނުޖެހުންތަކަށް ވާގިވެރިވުމުގެ ކުށުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކޮށްފިއެވެ. މިއީ، އެމެރިކާގެ ތާރީޚްގައިވެސް މަގާމުގައި ހުންނެވި ރައީސަކު ދެވަނަ ފަހަރަށް އިމްޕީޗް ކުރެވުނު ފުރަތަމަ ފަހަރެވެ. އިދިކޮޅު ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަމްޕް އިމްޕީޗްކުރީ އޭނާގެ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ. އެއްކޮޅަށް 232 މެމްބަރުން ވޯޓު ދެއްވި އިރު ދެކޮ...