ހުޅުމާލޭ މިސްކިތެއް ތެރޭގައި ހަމަލާދިން އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި
މާލޭ ސިޓީގެ ހުޅުމާލޭގެ މިސްކިތެއްގައި އިންި ދޮށީ އުމުރުގެ ދިވެއްސަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ބުނާ އިންޑިއާ މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ. ހުޅުމާލޭ އަޒީޒާ މިސްކިތުގައި އިން ދޮށީ އުމުރު މީހެއް މިސްކިތުން ނެރެން މަސައްކަތްކޮށް، އިންޑިއާ މީހަކު އޭނާއާއި މެދު މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އިއްޔެ ހަވީރު އެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިންޑިއާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް […]