މިހާހިސާބަށް އާދެވުނުގޮތް ފަސް އެނބުރި ބަލައިލަންޖެހޭ: ޝިދާތާ
ގައުމު މިހާލަތަށް އައިސް މިދުވަހާއި ބައްދަލުކުރީ ވަރަށް ގިނަ ބަޔެއްގެ ވަރަށް ބުރަ، ވޭންހުރި އުނދަގޫ މަސައްކަތްތަކަށް ފަހު ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ޝިދާތާ މިހެން ވިދާޅުވީ މިރޭ ދިވެހި ޗެނަލްގައި އެކަމަނާއަށް ސިޔާސީ މަޝްރަޙްގައި ކުރެވުނު ތަޖުރިބާއާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ޝިދާތާ ވިދާޅުވީ މިހާހިސާބަށް އާދެވުނުގޮތް ފަސް އެނބުރި ބަލައިލަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ކުރިއަށް ދާން އުނދަގޫވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެ ޕްރޮގްރާމްގައި ވާހަކަ...