މަލީހުގެ އިތުބާރުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުންނެވެ. މާދަމާގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި، ރައްޔިތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ވަނީ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. އެމްޑީޕީގެ 14 މެން...