ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ވެސް ނޮޅިވަރަންފަރު ހޯދައިފި
ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ސްޕޯޓަސް ކުލަބް ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު 28 މާޗް 2021 ވީ އާދީއްތަ ދުވަހު ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ހޯދާފައިވަނީ ފައިނަލުގައި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ސީދާ ތިންސެޓުން ބަލިކުރުމަށް ފަހުގައެވެ. މުޅި މެޗުގައި ވެސް ނޮޅިވަރަންފަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ސެޓުތައް އެ […]