ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ: ޓޫރިޒަމް މިނިސްޓަރ
ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ޑރ މައުސޫމް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ބީބީސީ އިންޓަނޭޝަނަލްއަށް މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ. ޑރ. މައުސޫމް ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގޮތުގެ މިހާރުގެ ޓްރެންޑްތަކަށް ބަލާއިރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށެވެ. އަދި ކުރިން އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން އަންދާޒާ...