އާރުޑީސީ އޮފީސް ފަޅާލައި ވައްކަންކޮށްފި
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅާލައި، ވައްކަން ކޮށްފިއެވެ. ފުލުހުން ވިދާޅުވީ، އާރުުޑީސީގެ އޮފީސް ފަޅާލައި، 100،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައިގެ ރިޕޯޓު ލިބުނީ އިއްޔެގެ ހެނދުނު 10:00 ގައި ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އާރުޑީސީގެ އޮފީސް ފަޅާލައިގެން ބަޔަކު އެއް ލައްކަ ރުފިޔާ ވަގަށް ނެގި ކަމުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން […]