ޚިޔާނާތުގެ ލިސްޓުގައި ނަން ހިމެނީ އިދިކޮޅު މުޒާހަރާއަށް ދާތީ: ލަޠީފް
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމެނީ އިދިކޮޅު މުޒާހަރާއަށް ދާތީކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި އެ ކޮމިޓީއިން އިއްޔެ ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓާއެކު ޚިޔާނާތުގެ ލިސްޓް ވެސް އިއްޔެ ވަނީ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ. އިދިކޮޅުގައި އިސް ސަފުގައި އުޅުއްވާ، މިހާރު ޕީޕީއެމް ކައުންސިލް މެންބ...