ދާއިރާގެ މަސައްކަތްތައް ރާއްވާ ހިންގާނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު: ހީނާ
ފަންނާއި ތަރިކައާއި ސަގާފަތުގެ ދާއިރާގެ މަސައްކަތްތައް ރާއްވަވައި، ހިންގަވާނީ ދާއިރާގެ މަސައްކަތް ކުރާ ވީހާ ވެސް ގިނަ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުމާއި އެކުގައި ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު ހީނާ މިމޭރުމުން ވިދާޅުވީ، މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ އެކު އިއްޔެ އެ ވުޒާރާގައި ބޭއްވެވި ބައްދަލުވެއްގައެވެ. ވަޒީރުގެ ވާހަކާގައި ފާހަގަކުރެއްވި ގޮތުގައ ފަންނާއި ތަރިކައާއި ސަގާފަތުގެ ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުން ހިމެނޭހެން އެންމެންގެ ވެ...