ކުމުންދޫ ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެމްޑަބްލިއުއެސްސީއަށް
ހދ.ކުމުންދޫ ކައުންސިލާއި އެރަށު ބީޗްސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން “ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021” ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެމްޑަބްލިއުއެސްސީ ޓިމް ކަށަވަރު ކޮށްފިއެވެ. މި މުބާރާތުގައި ކުމުންދޫގައި ހުރި ސަރުކާރުގެ ފަސް މުއައްސަސާއަކުން ބައިވެރި ވެފައިވާއިރު، މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ. މިގޮތުން އެމްޑަބްލިއުއެސްސީން ވަނީ އެ [...