ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް: މިނިސްޓަރު
ރާއްޖޭގެ ޓޫރިސްޓް ރިސޯރޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައި ވުމާއެކު، ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް ކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިހެން ވިދާޅުވީ، ސައޫދީއަރަބިއްޔާގެ ރިޔާދުގައި މިއަދު ބޭއްވުނު ޓޫރިޒަމް ރިކަވަރީ ސަމިޓް ފެށުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ވާހަކަ ދަައްކަވަމުންނެވެ. ޓޫރިޒަމް...