މިޝްކާގެ މަރު: ރިވިއު ރިޕޯޓުގައި ހުސް އިޙުމާލު، އެންބިއުލާންސް ނުފޮނުވާ ހެދީ ދޮގު
މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުވުމުގެ ސަބަބުން މަރުވި ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާ މަރަށް ތެޅެމުން ދިޔަ އިރު، އެމްބިޔުލެންސް ނުފޮނުވާ ދެ ގަޑިއިރާ 26 މިނެއްޓު ހޭދަވި ކަމަށް، ހެލްތު މިނިސްޓްރީން އެ މަރު ތަހުގީގުކޮށް ނެރުނު ރިވިއު ރިޕޯޓުން ހާމަވެއްޖެ އެވެ. މިރިޕޯޓުގައި ބުނެފައިވަނީ، މިޝްކާގެ ހާލު ބޮޑުވެ ނިއާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން އެ ކުއްޖާގެ ބެލެނިވެރިން ކޯލް […]