ކޭއާރުއެޗްގައި އަނެއްކާވެސް ކާމިޔާބު ބޮޑު އޮޕަރޭޝަނެއް، 2.4 ކިލޯ ސިސްޓެއްނަގައި ތާރީޚުގެ ތެރެއަށް!
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ވިހަންއައި މާބަނޑު އަންހެނެއްގެ އޯވަރީގައި އުފެދިފައިވާ ބޮޑު ސިސްޓެއް ނެގުމަށްޓަކައި އެ ހޮސްޕިޓަލުން ތާރީޚީ އަދި ކާމިޔާބު ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ. ރ. އަތޮޅު ހުޅުދުއްފާރުން ކޭއާރުއެޗްއަށް ވިހެއުމަށް އައި މާބަނޑު އަންހެން މީހާގެ ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓުގެ ދިގުމިނުގައި 24 ސެންޑިމީޓަރު، ފުޅާމިނުގައި 20 ސެންޓިމީޓަރު އަދި ބަރުދަނުގައި 2.4 ކިލޯ (2400 ގުރާމް) ހުރިއިރު، މިއީ އޯވަރީގައި އުފެދިފައިވާ މިފަދަ ބޮޑު ސިސްޓެއް ނެގުމަށްޓ...