މެޗުތަކުގައި ހުސް ގޮނޑި ގިނަވުން ފީފާއިން އެޅުވީ ސަޕޯޓަރުންގެ ބޮލުގައި
މެކްސިކޯގެ ގުއަޑަލަހާރާގައި ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި ވޯލްޑް ކަޕް މެޗުގައި ސްޓޭޑިއަމްގެ ގިނަ ގޮނޑިތަކެއް ހުސްކޮށް ފެނުނު ނަމަވެސް، އެއީ ސަޕޯޓަރުން ދަނޑުގެ ކޮންކޯސްތަކުގައި (ހިނގާ މަގުތަކުގައި) ތިބުމުން ދިމާވި ކަމެއް ކަމަށް ފީފާއިން ހުކުރު ދުވަހު ބުނެފިއެވެ. 45,664 މީހުންގެ ޖާގަ އޮންނަ ގުއަޑަލަހާރާ ސްޓޭޑިއަމްގެ މެދުތެރޭގެ ސެކްޝަންތަކުންނާއި އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ހުސް ގޮނޑިތައް ފެންނަން ހުއްޓެވެ. ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ބައިވެރިވެވަޑައ...