ޔޫރޯ 2020: ކްރޮއޭޝިއާ ކަޓުވާލައި ސްޕެއިން ކުއާޓާއަށް
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިންއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހުގެ ރޭ ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއަކުންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި ކޮންމެ ޓީމަކުން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި […]