މިރޭ މާފަންނު ބައެއް ހިސާބުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ
މިރޭ ދަންވަރު މާފަންނުގެ ބައެއް ހިސާބުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ފެން ކުންފުނި (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ފެނުގެ ހިދުމަތް މެދުކެނޑޭނީ މިރޭ 23:00އިން ފަތިހު 4:00އަށް ކަމަށެވެ. ހިދުމަތް މެދުކެނޑޭނީ އިއްޒުއްދީން މަގާއި ހަނދުވަރީ ހިނގުމާއި، ދެމެދުންފުލޫނިޔާ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުންނެވެ. އެ ސަރަހައްދުން ފެނުގެ ހިދުމަތް މެދުކަނޑާލަނީ އެ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަޅާފައިވާ ފެންހޮޅި ގުޅުވާލުމަށެވެ. މިއީ މާލޭ ސިޓީ ކައުންސިލުނ...