އިނގިރޭސިވިލާތުން ލުއި ދޭތީ ސައިންސްވެރިން ކަންބޮޑުވެއްޖެ
އިނގިރޭސި ވިލާތުގައި ކޯވިޑް-19ގެ އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލުމަށް، އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަކީ، ނުރައްކާތެރި އަދި އަހުލާގީގޮތުން ދަށް ފެންވަރުގެ ކަމެއް ކަމަށް ބުނެ ގިނަ އަދަދެއްގެ ސައެންސްވެރިން ނުރުހުން ފާޅުކޮށްފިއެވެ. އެ ގައުމުގެ ސައެންސްވެރިންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެން ދާއިރާތަކުގެ 4،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް، ލަންސެޓް މެޑިކަލް ޖާނަލްގައިޝާއިއުކުރި ސިޓީއެއްގައި، އިނގިރޭސި ސަރުކާރަށް ގޮވާލާފައި ވަނީ، އެ ނިންމުން އަނބުރާ ގެންދި...