ކަމާޑާގެ ލަނޑާއެކު ޖަޕާނުން ނެދަލެންޑްސް ހިފަހައްޓައިފި
ވޯލްޑް ކަޕް ގްރޫޕް އެފްގައި ޖަޕާނާއި ނެދަލެންޑްސް ބައްދަލުކުރި ފޯރިގަދަ މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ. އެމެރިކާގެ ޓެކްސަސްގައި ކުޅުނު މި މެޗުގައި ޖަޕާނުން ވަނީ ފަހަތުން އަރައި ނެދަލެންޑްސް ހިފަހައްޓާފައެވެ. މެޗުގެ 88 ވަނަ މިނެޓުގައި ޖަޕާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ދައިޗީ ކަމާޑާއެވެ. ކޯކީ އޮގާވާ ނެގި ކޯނަރަކުން ކަމާޑާ މި ލަނޑު ކާމިޔާބުކުރީ ބޮލުންނެވެ. މި ލަނޑާއެކު ނެދަލެންޑްސްއިން ގްރޫޕް ސްޓޭޖުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު 17 މެޗަށް ވަނީ އިތުރުވެފައެވެ. […]