އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ހަދިޔާ ކޮށްފި
އޮސްޓްރޭލިއާ އިން ދިވެހިރާއްޖެއަށް 3.5 ޓަނުގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީ.ޕީ.އީ) ހަދިޔާ ކޮށްފިއެވެ. އޮސްޓްރޭލިއާ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅާފައިވާ ހައިކޮމިޝަނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގައުމުގެ ސަރުކާރުން ދިވެހިރާއްޖެއަށް 3.5 ޕީ.ޕީ.އީ ހަދިޔާ ކޮށްފައިވާނެ ކަމަށެވެ. ކޯވިޑް ހާލަތުން ރާއްޖެ އަރައިގަތުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެގައުމުން މިހާތަނަށް ރާއްޖެ އަށް ވެދިން އެހީގެ ޖުމްލަ މިހާރު ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ އަށް އަރާނެކަމަށް ކަމަށ...