ފުވައްމުލަކުގެ ކަރަންޓުގެ މައްސަލައަށް ފެނަކައިން ވަގުތީ ހައްލެއް ހޯދައިދީފި
ފުވައްމުލަކު ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ބުނެފިއެވެ. އެ ކުންފުނިން ވަނީ އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދި ނަމަވެސް، ކޮންމެހެން ބޭނުން ކުރަން ޖެހޭ ކަރަންޓުގެ އާލާތްތައް ނޫނީ މިވަގުތުބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. ފުވައްމުލަކުން މިއަދު ކަރަންޓުގެ ހިދުމަތް ކެނޑުނީ އެ ސިޓީގައި ބޭނުން ކުރަމުން އައި 2500 ކިލީވޮޓުގެ ޓްރާންސްފޯމާއަށް ދިމާވިޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން އެ...