ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ. މިއަދު ފަތިހު 04:30 ހާއިރު ފުރައިގެން ދަތުރުކުރި ބޯޓު ބަނޑުން ޖަހާލައިފާ ވަނީ މިއަދު ހެނދުނު 10:30 ހާއިރުކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވިއެވެ. މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު މެންދުރު 14:48 ގައި ކަމަށާއި އެވަގުތުން ފެށިގެން ދޯންޏާއި ފަޅުވެރިން ސަލާމަތް ކުރަން ކޯސްޓް ގާޑު ހަރަކާތް ތެރިވެފައިވާކަމަށް މީޑިއާތަކަށް […]