އާންމު މުދަލުގެ ނަމުގައި އޮޅުވާލައިގެން އެތެރެކުރަން އުޅުނު ވޭޕްތަކެއް އަތުލައިގެންފި
އާންމު މުދަލުގެ ނަމުގައި އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ ކަސްޓަމްސްއިން މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގެ ތެރެއިންނެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން ޖޫން 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، “ޖެނެރަލް ކާގޯ” ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑ...