ރިހިވެލި ރިސޯޓަށް އަރާ ބަޔަކު ހަމަނުޖެހުން ހިންގަނީ
ރިހިވެލި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4 ޖެހި އިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އިތުރު ހަމަނުޖެހުމެއް ހިންގިޔަ ނުދިނުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެރަށަށް އަރާ ތިބި މީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.