ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް އިން އައިސް ވިއްކާ އަގު ހެޔޮކޮށްފި
ށ. ކީކިމިނިގައި ހިންގަމުންދާ ފިޝަރީޒް ކޮމްޕްލެކްސް އިން އައިސް ވިއްކާ އަގު ހެޔޮކޮށްފިއެވެ. އެ ކޮމްޕްލެކްސް އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މިހާރު އެ ކޮމްޕްލެކްސް އިން އައިސް ޓަނެއް ލިބެން ހުންނާނީ ޖީއެސްޓީއާއި އެކު 985.80 އަށް ކަމަށެވެ. އަދި މީގެ ކުރިން އެތަނުން އައިސް ޓަނެއް ވިއްކަމުން އައިސްފައިވަނީ 1220 ރުފިޔާ އަށެވެ. އެ ކުންފުނިން ބުނީ މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި 2021 ވަނަ […]