ނޮޅިވަރަމަށް ރައްޔިތުންނަށް އެހީތެރިވާން ބޭނުންވާ، ކުޅުދުއްފުށީ ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދީފި
ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން މޮނިޓަރިންއަށް ލާފައި އޮތް ހދ. ނޮޅިވަރަމަށް އެހީތެރިވާން ބޭނުންވާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ އަވައްޓެރި ނޮޅިވަރަމުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވުމާއި ގުޅިގެން އެރަށަށް އެހީތެރިވުމުގެ ފުރުސަތު، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މިހާރު ވާނީ ހުޅުވާލެވިފަ ކަމަށެވެ. އެގޮތުން، އެެ ސިޓީގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭނެ ތަފާތު ވ...