ދެވަނަ ދައުރަކަށް ރައީސް ސޯލިހަށް ތާއިދުކުރުމާ މެދު ގޮތް ނިންމާނީ ޕާޓީގެ ކައުންސިލުން: ގާސިމް
ދެވަނަ ރިޔާސީ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވައިފި ނަމަ ތާއިދުކުރެއްވުމާ މެދު ގޮތް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށާއި، އަދި އެފަދަ މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސޯލިހަށް ތާއިދުކުރުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ނޫން ކަމަށެވެ. އެކަމުގައި ގޮތް ނިންމާނީ ޕާޓީގެ ކައުންސިލް އަ...