އުންޑާވްގެ ދެ ގޯލާއެކު އައިވަރީ ކޯސްޓް ބަލިކޮށް ޖަރުމަނު ނޮކްއައުޓް ބުރަށް ދަތުރުކޮށްފި
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން އައިވަރީ ކޯސްޓް އަތުން 2-1 އިން މޮޅުވެ، ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނުވިލާތުން މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ. މި މެޗުގައި ޖަރުމަނަށް މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ދެ ލަނޑު ކާމިޔާބުކުރި ޑެނިޒް އުންޑާވް އެވެ. މެޗުގެ ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓުން ވަނީ މޮޅު ކުޅުމެއް ދައްކައި ޖަރުމަނަށް ބާރުބޮޑުކޮށްފައެވެ. މެޗުގެ 30 ވަނަ […]