ކާޑިޒްއާއި އެއްވަރުވެ ބާސާގެ ކޯޗް ކޫމަންއަށް އިތުރު ޕްރެޝަރެއް
ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހުގެ ރޭ ކާޑިޒްއާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރުވެ، ބާސާގެ ކޯޗުގެ މަޤާމުގައި މިވަގުތު ހުރި ކޫމަންއަށް އިތުރު ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެއެވެ. ކާޑިޒްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗު ކޮންޓްރޯލް ކޮށްގެން ބާސެލޯނާއިން ކުޅުނު ނަމަވެސް މުޅި ފުރަތަމަ ހާފުގައި ވެސް އެ ޓީމަށް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވެއެވެ. މެޗުގައި ބާސެލޯނާއަށް ލަނޑުޖަހާނެ […]