ފްރަންޓްލައިން އެލަވަންސް ގޮތުގައި 177 މިލިއަން ރުފިޔާދީފި
ކޯވިޑް-19ގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ފްރަންޓްލައިން އެލަވަންސް 177 މިލއިަން ރުފިޔާ ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 13،052 މީހަކަށް ފްރޮންޓްލައިން އެލަވަންސް ދޫކޮށްފަ ވެއެވެ. އެ ފަރާތްތަކަށް ޖުމްލަ 177.3 މިލިއަން ރުފިޔާ ދޫކޮށްފަވެއެވެ. ފްރޮންޓްލައިން އެލަވަންސް ދެނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާއެވެ. އެ ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަ...