އަފްގާނިސްތާނުގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއްދީފި
ހުކުރު ވަގުތުގައި އަފްގާނިސްތާނުގެ ނަންގަހާރު ޕްރޮވިންސްގެ މިސްކިތަކަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާއެއްދީފިއެވެ. ތާލިބާނުންނާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ބޮމުގެ ހަމަލާގައި 3 މީހަކު މަރުވެ 15 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ބުނެފައިވެއެވެ. މަންޒަރު ދުށް މީހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ހުކުރު ވަގުތުގައި މިސްކިތައް އަމާޒުކޮށްދީފައިވާ ބޮމުގެ ހަމަލާގައި އިމާމްގެ އިތުރުން 15 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަ...