ގުރޫޕަކުން ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކޮށް މަގުމައްޗަށް އެއްލާލައިފި
7 މީހުންގެ ގުރޫޕަކުން ކޯސްޓް ގާޑުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 37 އަހަރުގެ ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކޮށް ފައިސާ ހޯދަން މަސައްކަތް ކޮށްފި އެވެ. ރޭ މާފަންނުން އޭސް ހާރޑްވެއަރ ހުންނަ ހިސާބުން ހިނގާފައިދަނިކޮން މިސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ 11:30 ހާއިރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން މިމީހާ ގެންގޮސް ރަހީނުކޮށްފައިވަނީ އެސަރަހައްދުގައި ހުރި ކޮޓަރިއަކަށެވެ. އޭނާ ފެނިފައިވަނީ މަގުމައްޗަށް އެއްލާލައިފައި އޮއްވަ އެވެ. އޭނާއަށް ލިބިފައިވާ އ...