ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ހަތް ބިމެއް ދޫކޮށްފި
ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ހަތް ބިމެއް ދޫކޮށް، ބިންތައް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ހޯރަފުށީގައި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ، މި ނޮވެމްބަރ މަހުގެ 18 ސޮއިކޮށްފައިވާ މި އެގްރީމަންޓްގެ ދަށުން ޖުމްލަ 7 ބިން ދޫކޮށްފައިވާ ކަމަށެވެ. އެއީ 3000 އަކަފޫޓާއި، 4000 އަކަފޫޓްގެ ބިންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހޯރަފުށިން ގެސްޓްހައުސް ތަރައްގީކޮށް ހިންގަން އަލަށް ދޫކުރުވުނު މި ބިންތަކުގައި ގެސްޓްހައުސް ތަރައ...