ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ އަމާޒުތަކަށް އެމެރިކާއިން ހަމަލާދީފި
ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ އަސްކަރީ އަމާޒުތަކަށް އެމެރިކާގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާތަކަކީ ދާދި ފަހުން ސޮއިކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އީރާނުން ޚިލާފުވުމާ ގުޅިގެން ދިން ހަމަލާތަކެކެވެ. މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އީރާނުގެ އައްސޭރިފަށުގައި ހުރި ރޭޑާ ސައިޓްތަކަށާއި، މިސައިލް އަދި ޑްރޯން ރައްކާކުރާ ފެސިލިޓީތަކަށް އަމާ...