ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިން 20 ފަރާތެއްގެ އަގުވަޒަންކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ އައްޑަނައާއި ހަނދާނީ ރަން ފިލައާއި ހަނދާނީ ފިލާ މިރޭ ދީފިއެވެ. މި ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ. ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުން ފާހަގަކޮށް، ޖުމްލަ 20 ފަރާތެއްގެ އަގުވަޒަންކޮށްފައިވާއިރު، އޭގެ ތެރޭގައި ބޭރުގެ އެމްބަސީތަކާއި، ދައުލަތުގެ މުއައް...